01 شوّال 2010 | 10-09-2010 | އެންމެފަހުން އަޕްޑޭޓްކުރެވުނު ތާރީޚް 09-09-2010
 
 
 
 
عَنْ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ ( އަބޫ ދާވޫދު :1371 ) މާނައީ " މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ" ސަލާމާއި ޞަވާތްލެއްވި ކީރިތިރަސޫލާ ފިޠުރުޒަކާތް ފަރުޟުކުރެއްވިއެވެ. އެއީ ( ރޯދައަށްހުރި ދުވަސްވަރުގެ ) ޖިންސީ އެދުންތަކާއި،ބޭކާރު ވާހަކަތަކުގެ ( ފާފައިން) ރޯދަވެރިޔާއަށް ލިބުނު ޠާހިރުކަމަކަށްޓަކައެވެ . އަދި އެއީ މީސްކީނުންނަށް ދެވޭ ކާންދިނުމެކެވެ. ( ޢީދު ) ނަމާދުގެކުރިން އެ ޒަކާތް އަދާކޮށްފިމީހާގެ ކިބައިން ޒަކާތުގެ ގޮތުގައި ޤަބޫލުކުރެވޭނެއެވެ. ނަމަވެސް ( ޢީދު ) ނަމާދުގެފަހުން ދީފިމީހާ އެދެނީ ޞަދަޤާތުގެރެއިންވާ ޞަދަޤާތެކެވެ.
عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ وَمَنْ اسْتَقَاءَ عَمْدًا فَلْيَقْضِ ( ތިރުމިޛީ : 653 ) މާނައީ : މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ" ކަމަކާނުލައި ހޮޑުލެވުނުމީހާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ. ޤަޞްތުގައި ހޮޑުލައިފިމީހާ ފަހެ ރޯދަ ޤަޟާކުރާހުށިކަމެވެ"
- عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ ( ބުޚާރީ 1884 ) މާނައީ : މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ" ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބިއްޔާ ޜަމާޟާންމަހުގެ ފަހުދިހަ ވަދެއްޖެނަމަ އެކަލޭގެފާނުންގެ މިއުޒަރު ( އެބަހީ އުނަގަނޑުގައިވާ އެތިފަށް ) ބާރަށް ބަންނަވައެވެ. ( މީގެމާނައަކީ އަޅުކަމުގައި ހިތްވަރުލާ މިމަހުގެ ކުރީކޮޅަށްވުރެވެސް ބޮޑަށް އަޅުކަމުގައި އުޅުއްވަތެވެ.) އަދި ރޭގަނޑު އިޙްޔާކުރައްވައެވެ. އަދި އެކަލޭގެފާނުންގެ އަހުލުވެރިން ހޭލައްވަވައެވެ"
Narrated Abu Huraira (Radi-Allahu 'anhu): The Prophet (Sallallahu 'Alaihi Wa Sallam) said, "Whoever fasted the month of Ramadan out of sincere Faith (i.e. belief) and hoping for a reward from Allah, then all his past sins will be forgiven, and whoever stood for the prayers in the night of Qadr out of sincere Faith and hoping for a reward from Allah, then all his previous sins will be forgiven ." Bukhari Vol. 3 : No. 231
 
 
1 2 3 4 5 6 7 8 9

Br. Ali Rameez bin Qasim

Br. Abdullah Rasheed

fonts
އެއްބަޔަކު ހިތާމަ ކުރާއިރު...
އަލްއަޚް އަޙްމަދު ނާޒިލް ބިން މުޙައްމަދު
ހާމަ ނޫހުގައި ލިޔަމުން...
ބިން މުޙައްމަދު
ހާމަ ނޫހުގައި މައްކާގެ މާތް...
އަލްއަޚް އިބްނު ޚަޟިރު
އިސްލާމް ދީނަށް ނަޞްރު...
އަލްއަޚް ޢަބްދުއްލަޠީފް
އޭ ދަތުރުވެރިޔާއޭ!!
އަލްއަޚް ޢީސާ ޝަރީފް
ޒިނޭކުރާ މަސާޖު ޕާލާތައް...
އަލްއަޚް ބިންމުޙައްމަދު
ބުދަށް އަޅުކަން ކުރި...
އަލްއަޚް ޢަބްދުއްސަލާމް ދާވުދު
އަހަންނާ ކައިރި ނުވޭ!...
އަލްއަޚް ޝަފީޢު ޢަބްދުﷲ
އަނބިންގެފަރާތުން...
އަލްއަޚް ބިންމުޙައްމަދު
ދީނީ ޙާލަތު
އެންމެފަހުގެ ވޯލްޕޭޕަރ
ފަތިސް ނަމާދު 4:45
އިރުއަރާ 5:57
މެންދުރު ނަމާދު 12:07
ޢަސްރު ނަމާދު 3:07
މަޣްރިބް ނަމާދު 6:10
ޢިޝާ ނަމާދު 7:21

ލިޔުން ފޮނުއްވާ
articles@raajjeislam.com

ޚިޔާލު ފޮނުއްވާ
comments@raajjeislam.com

 

ޑރ ޒާކިރު ނައިކް އިނގިރޭސިވިލާތަށް ނާރުވަނީ އިސްލާމްދީން ފެތުރޭތީ ބިރުން.

އަލްއަޚް މުޙައްމަދު ޝާފިޢު
30-07-2010
ސައްތައިން ސައްތަ މުސްލިމް މި ދިވެހިރާއްޖޭގައި އެހެނިހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ނުލިބިގެން އެކަމާ އެންމެ ބޮޑަށް ކަންބޮޑުވެ، ދިވެހިރާއްޖޭގައި އެހެނިހެން ދީންތައް ފެތުރުމަށް ފޫގަޅާފައި ތިބި އިނގިރޭސީން އެޤައުމުގައި ތަޤްރީރުކުރުމަށް ޑރ ޒާކިރު ނައިކް އެ ޤައުމަށް އެރިޔަނުދީފިއެވެ.
ދީނީ މިނިވަންކަމާއި، އިންސަނީ ޙައްޤުތަކާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީއާއި މިނިވަންކަމުގައި މަންމަ ކަމުގައި ދަޢުވާކުރާ އިނގިރޭސި ވިލާތުން މި ނިންމި ނިންމުމަކީ އެމީހުން ޤާނޫނު ކަމުގައި ބަލާ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއާވެސް ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ.
ފަހަކަށް އައިސް އިނގިރޭސި ވިލާތްވެފައިވަނީ، މުސްލިމުންނަށް ދުއްތުރާކުރާ ޤައުމެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބެއްކަމުގައި ބެލެވެނީ އިނގިރޭސިވިލާތުގައި ފަތުއަޑުކިޔާފައި އިތުރުވަމުން އަންނަ މުސްލިމް އާބާދީއެވެ. އިނގިރޭސި ވިލާތުގައި އިސްލާމްދީން ވަރަށް ހަލުއިކަމާއެކު ފެތުރެމުން ދާކަމަށާއި މިހާރު މިދާގޮތަށް ކަންތައްތައް ދަނީ ނަމަ ކުރިޔަށް އޮތް ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސި ވިލާތުގައި އިސްލާމީ ވެރިކަމެއް ޤާއިމުކޮށްފާނެކަމުގެ ބިރުވެރިކަން އެބައޮތްކަމުގައި ދާދިފަހުން އިނގިރޭސި ޕާރލިމެންޓަރީ މެމްބަރަކު ވަނީ ވިދާޅުވެފައެވެ.
އިނގިރޭސި ވިލާތުގައި އިސްލާމްދީން މިހާ ހަލުއިކޮށް ފެތުރެމުންދާތީ، އިސްލާމްދީން ފެތުރުނަ ނުދިނުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އިސްލާމްދީނުގެ ސާފުސީދާ ތަޞައްވަރު އިނގިރޭސި ރައްޔިތުންގެ ކުރިމަތީގައި ހުތުރުކޮށް ދެއްކުމަށްޓަކައި، އިނގިރޭސިވިލާތުގައި ދެވިފައިވާ ތަފާތު ޙަމަލާތައް މުސްލިމުންގެ ބޮލުގައި އަޅުވަން މަސައްކަތްކުރުމާއި، މުސްލިމުންނަކީ ޓެރަރިސްޓުން ކަމުގައި ބުނުމާއި، އިސްލާމްދީނަކީ އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތައް ލިއްބައިނުދޭ ދީނެއްކަމުގައި ބުނުމާއި އަދި މިނޫންވެސް ތަފާތު ބުހުތާނު ދޮގުތައް އިސްލާމްދީނުގެ ތަޞައްވަރު ހުތުރުކުރުމުގެ ގޮތުން ހަދަމުން އެބަދެއެވެ.
މި އިސްލާމްދީނަށާއި މުސްލިމުންނަށް ނޮހޮރުއްޕާން ކުރުމުގެ ސިލްސިލާއަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅަކީ ދުނިޔޭގެ މަޝްހޫރު ދާޢީ ޑރ ޒާކިރު ނައިކް އިނގިރޭސި ވިލާތުގައި ފްރީޑަމް އޮފް އެކްސްޕްރެޝަން ގެ ނަމުގައި ދެއްވަން ހަމަޖެހިފައިވާ ލެކްޗަރ މަނާކޮށް، އެޤައުމަށް އެރުން ޑރ ޒާކިރުނައިކަށް ވަނީ މަނާކޮށްފައެވެ. ސަބަބެއްކަމުގައި ދައްކާފައިވަނީ، ވަރަށް ކޫސަނި ވާހަކައެކެވެ. ޙަޤީޤަތުގައި މިއީ، ޑރ ޒާކިރު ނައިކަކީ ޓެރަރިސްޓެއްކަމަށް އޭނާ ވިދާޅުވެފައިވާ ކަމުގައި، ޑރ ޒާކިރު ނައިކްގެ ބައެއް ތަޤްރީރުތަކުން އައުޓް އޮފް ކޮންޓެކްސްޓް މާނަ ނަގައިގެން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެކެވެ.
ޙަޤީޤަތުގައި ޑރ ޒާކިރު ނައިކް އިނގިރޭސިވިލާތަށް އެރުމުގެ ހުއްދަ ނުދިނީ، ޑރ ޒާކިރު ނައިކްގެ ތަޤްރީރުތަކުގެ ސަބަބުން، ބަޔަކަށް އިސްލާމްދީން އެނގި ނުވަތަ އެދީނާމެދު އަރާފައިވާ ބައެއް އޮޅުންތައް ފިލައިގެން ހިނގައިދާނެތީއެވެ.
ދީނުގެ ދިފާޢުގައި ވާހަކަދައްކާ ކޮންމެ ދުލަކީ އިސްލާމްދީނުގެ ޢަދުއްވުންގެ ހިތަށް ހެރޭ ތޫނު ހަންޖަރަކަށް ނޫނީ ނުވާނެއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް، ކޮންމެވެސް އައްޑަނައެއް ފެންމަތިކޮށްގެން ހުއްޓުވޭތޯ ބަލާނެއެވެ. ހިތާމައަކީ އަދިވެސް ތިމަންމެންނީ ފްރީޑަމްގެ މަންމައާ ބައްޕައޭ ކިޔާފައި ވާހަކަދެއްކޭތީއެވެ.

ނޯޓް: މިއީ ދިއިސްލާމް ވެބްސައިޓުން ނަގާފައިވާ ލިޔުމެކެވެ.

 

މި ވެބްސައިޓްގައިވާ ތަކެތި އެއްވެސް އުނި އިތުރު ކުރުމަކާއި ނުލައި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ.