01 شوّال 2010 | 10-09-2010 | އެންމެފަހުން އަޕްޑޭޓްކުރެވުނު ތާރީޚް 10-09-2010
 
 
 
 
عَنْ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ ( އަބޫ ދާވޫދު :1371 ) މާނައީ " މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ" ސަލާމާއި ޞަވާތްލެއްވި ކީރިތިރަސޫލާ ފިޠުރުޒަކާތް ފަރުޟުކުރެއްވިއެވެ. އެއީ ( ރޯދައަށްހުރި ދުވަސްވަރުގެ ) ޖިންސީ އެދުންތަކާއި،ބޭކާރު ވާހަކަތަކުގެ ( ފާފައިން) ރޯދަވެރިޔާއަށް ލިބުނު ޠާހިރުކަމަކަށްޓަކައެވެ . އަދި އެއީ މީސްކީނުންނަށް ދެވޭ ކާންދިނުމެކެވެ. ( ޢީދު ) ނަމާދުގެކުރިން އެ ޒަކާތް އަދާކޮށްފިމީހާގެ ކިބައިން ޒަކާތުގެ ގޮތުގައި ޤަބޫލުކުރެވޭނެއެވެ. ނަމަވެސް ( ޢީދު ) ނަމާދުގެފަހުން ދީފިމީހާ އެދެނީ ޞަދަޤާތުގެރެއިންވާ ޞަދަޤާތެކެވެ.
عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ وَمَنْ اسْتَقَاءَ عَمْدًا فَلْيَقْضِ ( ތިރުމިޛީ : 653 ) މާނައީ : މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ" ކަމަކާނުލައި ހޮޑުލެވުނުމީހާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ. ޤަޞްތުގައި ހޮޑުލައިފިމީހާ ފަހެ ރޯދަ ޤަޟާކުރާހުށިކަމެވެ"
- عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ ( ބުޚާރީ 1884 ) މާނައީ : މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ" ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބިއްޔާ ޜަމާޟާންމަހުގެ ފަހުދިހަ ވަދެއްޖެނަމަ އެކަލޭގެފާނުންގެ މިއުޒަރު ( އެބަހީ އުނަގަނޑުގައިވާ އެތިފަށް ) ބާރަށް ބަންނަވައެވެ. ( މީގެމާނައަކީ އަޅުކަމުގައި ހިތްވަރުލާ މިމަހުގެ ކުރީކޮޅަށްވުރެވެސް ބޮޑަށް އަޅުކަމުގައި އުޅުއްވަތެވެ.) އަދި ރޭގަނޑު އިޙްޔާކުރައްވައެވެ. އަދި އެކަލޭގެފާނުންގެ އަހުލުވެރިން ހޭލައްވަވައެވެ"
Narrated Abu Huraira (Radi-Allahu 'anhu): The Prophet (Sallallahu 'Alaihi Wa Sallam) said, "Whoever fasted the month of Ramadan out of sincere Faith (i.e. belief) and hoping for a reward from Allah, then all his past sins will be forgiven, and whoever stood for the prayers in the night of Qadr out of sincere Faith and hoping for a reward from Allah, then all his previous sins will be forgiven ." Bukhari Vol. 3 : No. 231
 
 
1 2 3 4 5 6 7 8 9

Br. Ali Rameez bin Qasim

Br. Abdullah Rasheed

fonts
އެއްބަޔަކު ހިތާމަ ކުރާއިރު...
އަލްއަޚް އަޙްމަދު ނާޒިލް ބިން މުޙައްމަދު
ހާމަ ނޫހުގައި ލިޔަމުން...
ބިން މުޙައްމަދު
ހާމަ ނޫހުގައި މައްކާގެ މާތް...
އަލްއަޚް އިބްނު ޚަޟިރު
އިސްލާމް ދީނަށް ނަޞްރު...
އަލްއަޚް ޢަބްދުއްލަޠީފް
އޭ ދަތުރުވެރިޔާއޭ!!
އަލްއަޚް ޢީސާ ޝަރީފް
ޒިނޭކުރާ މަސާޖު ޕާލާތައް...
އަލްއަޚް ބިންމުޙައްމަދު
ބުދަށް އަޅުކަން ކުރި...
އަލްއަޚް ޢަބްދުއްސަލާމް ދާވުދު
އަހަންނާ ކައިރި ނުވޭ!...
އަލްއަޚް ޝަފީޢު ޢަބްދުﷲ
އަނބިންގެފަރާތުން...
އަލްއަޚް ބިންމުޙައްމަދު
ދީނީ ޙާލަތު
އެންމެފަހުގެ ވޯލްޕޭޕަރ
ފަތިސް ނަމާދު 4:45
އިރުއަރާ 5:57
މެންދުރު ނަމާދު 12:07
ޢަސްރު ނަމާދު 3:07
މަޣްރިބް ނަމާދު 6:10
ޢިޝާ ނަމާދު 7:21

ލިޔުން ފޮނުއްވާ
articles@raajjeislam.com

ޚިޔާލު ފޮނުއްވާ
comments@raajjeislam.com

 

"އޭ! ކަލޭއަންނަންވާނީ މިކޮޅު ދަރުސަށް އިނގޭ"

ބިން މުޙައްމަދު
31-07-2010
"އޭ ކަލޭ އަންނަންވާނީ މިކޮޅު ދަރުސަށް އިނގޭ! އެހެންނޫނީ ކަމަކު ނުދާނެ! ކޮންމެ ފަހަރަކު ދޫކޮށްލަންޏާ އެހެން ހަދާނީ! (މިކޮޅަށް) މީހުން ގެންނަންވާނެ!"
މިއީ މިދިޔަ ހުކުރު ދުވަހު ދީނީ ދަރުސް ބޭއްވި ދެ ޖަމާޢަތުގެ ތެރެއިން ޖަމާޢަތެއްގައި ޙަރަކާތްތެރިވާ އިސް މީހަކު އަޅުގަނޑުގެ ކައިރީގައި ބުނެލި ވާހަކައެކެވެ. ދަންނަވަންތޯއެވެ. ދީނީ ދަރުސްތަކީ އެކަމުން ﷲ ގެ ރުއްސެވުމާއި ފަލާޙް އެދޭޙާލު މީސްތަކުންނަށް ދީނުގެ ދަޢުވަތު ފޯރުކޮށް ދިނުމަށްޓަކައި ކުރާ ކަންކަމެވެ. ނަމަވެސް މިފަދަ ޢިބާރާތްތަކުން އެހެން މަޤްޞަދެއް އޮތްކަން ހާމަވެއެވެ. ދެއްކުންތެރިކަމާއި ކޮޅުގަދަކުރުމުގެ ރޫޙު އަށަގެންފައި ވާކަމެވެ. އިޚްލާސްތެރިކަން ގެއްލި މީސްތަކުންގެ ތެރޭގައި މަޝްހޫރުވުމުގެ ރޫޙު އަށަގެންފައިވާކަމެވެ. ހިތާމައިގެ ކޮޅެއްނެތެވެ.
އަޅުގަނޑުމެން ދަންނަން ޖެހޭ ކަމަކީ މިފަދަ ކަންކަމުގައި މިބާވަތުގެ ރޫޙު އަށަގަންނަން ފަށައިފިނަމަ އެއްބަޔަކު އަނެއްބައެއްގެ މެދުގައި ޙަސަދަވެރިކަމާއި އަރާރުންވުން ފެތުރިދާނެކަމެވެ. ބައިބައިވުމާއި ނަފްރަތްތެރިކަން އުފެދިދާނެކަމެވެ. މީސްތަކުންނަށް ނަސޭޙަތްތެރިވާން ތިބި މީހުންގެމެދުގައި މިފަދަ ކަންކަން އާލާވެއްޖެނަމަ އިސްލާމީ ދަޢުވަތަށް ހުރަސް އެޅިދާނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ އަނގަޔާއި އަތް ދިމާވެގެން ނޫނީ އެހެންބަޔަކަށް އެކަންކަން ދަސްކޮށްނުދެވޭނެކަން އަޅުގަނޑުމެން ދަސްކުރަންޖެހެއެވެ.
ދީންކުރިއެރުވުމަށް ގިނަޖަމާޢަތްތަކެއް ހެދިފައިވާއިރު މިފަދައިން ދަރުސްތައް ކްލޭޝްވުމަކީ ވެދާނެކަމެކެވެ. ދަރުސްތައް ކްލޭޝްވުމަށްވުރެބޮޑަށް އަޅުގަނޑުގެ މިލިޔުމުގައި އިލްތިމާސްކުރަން ބޭނުންވަނީ މިފަދައިން ކޮޅުގަދަކުރުމުގެ ވާހަކަތަކާއި ﷲ އަށް ޚާލިޞްކުރާ މިފަދަކަމެއްގައި ނުބައި ރޫޙުއުފެދޭ ވާހަކަތަކުން އެއްކިބާވެ ޢަމަލުތައް ސީދާކުރުމަށެވެ.
އެއްވެސް ޙާލެއްގައި އަޅުގަނޑުމެންވާންވީ ވަކި ޕާރޓީއެއް ނުވަތަ ވަކި ޖަމްޢިއްޔާއެއް ކުރިއަރުވަން މަސައްކަތްކުރާ ބަޔަކަށް ނޫނެވެ. އަދި ވަކި ޝައިޚަކު ނުވަތަ ވަކި ދާޢީއެއްގެ މަޝްހޫރުކަން އިތުރު ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ނޫނެވެ. ޝައިޠާނާއާއި އޭނާގެ ޢަދާވާތްތެރީން މިފަދަ މަންޒަރުތަކަށް ބަލަން އޮންނާނެކަން އަޅުގަނޑުމެން ހަނދުމަކުރަން ޖެހެއެވެ. މިފަދަ ކަންކަމުގެ ތެރެއިން ދީނުގެ ޢަދާވާތްތެރީން އަޅުގަނޑުމެންގެތެރެއަށް ވަދެފާނެކަމަށް ފާރަވެރިވާން ޖެހެއެވެ. މިބީދައިން ކަންކަން ތަކުރާރުވާނަމަ އިސްލާމްދީނަށް ނަޞްރުދޭން ތިބި މީހުންގެ ފަރާތުން ދީނަށްފުރައްސާރައާއި ހުތުރުނަން ލިބުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެހެންކަމުން ކަންކަމުގައި އިޚްލާޞްތެރިކަން ނެތިއްޖެނަމަ ﷲ ގެ ފަރާތުން ލިބެންވީ މަދަދާއި ބަރަކާތް ކެނޑިގެންދާނެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްގަތުމަށް ގޮވާލަމެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ އެންމެހައި ޢަމަލުތަކުގައި އިޚްލާޞްތެރިކަންދެއްވައި ނިޔަތާއި ޢަމަލުސީދާކުރާ ބައެއްކަމުގައި އަޅަމެން ލެއްވުމެވެ.

 

މި ވެބްސައިޓްގައިވާ ތަކެތި އެއްވެސް އުނި އިތުރު ކުރުމަކާއި ނުލައި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ.