ރަމްޟާން އައުމަށް ބާކީ
10
ދުވަސް
إن شاء الله
20 شعبان 1431 | 01-08-2010 | އެންމެފަހުން އަޕްޑޭޓްކުރެވުނު ތާރީޚް 01-08-2010
ފުރަތަމަ ޞަފްޙާ
ދީނީ ލިޔުން
ޢާއްމު ލިޔުން
ފަތުވާ
ދުޢާ
ޙަޤީޤީ ވާހަކަ
ފޮތް
ވަޞިއްޔަތް
ވީޑިއޯ ދަރުސް
އޯޑިއޯ ދަރުސް
ވީޑިއޯ
އޯޑިއޯ
ބަންގި
ސިއްޙަތު
ކޮއްކޮމެންގެ ހަދިޔާ
ކުދިންނޭ އަޑުއަހާލާ
ސަލާމްބެ
މަދަޙަ
ޅެން
މައި ޓޯން
މަސްޖިދު
ވޯލް ޕޭޕަރ
ފަންޑިތަ
ޚަބަރު
ދީނީ ޙާލަތު
އެންމެފަހުގެ ވޯލްޕޭޕަރ
ފަތިސް ނަމާދު 4:46
އިރުއަރާ 6:02
މެންދުރު ނަމާދު 12:16
ޢަސްރު ނަމާދު 3:35
މަޣްރިބް ނަމާދު 6:23
ޢިޝާ ނަމާދު 7:38
ލިޔުން ފޮނުއްވާ
articles@raajjeislam.com
ޚިޔާލު ފޮނުއްވާ
comments@raajjeislam.com
އޭދިވެހި މުސްލިމުންނޭވެ..! ކަލޭމެން ހަނު ތިތިބެނީ ކީއްވެހެއްޔެވެ.
06-12-2009
ރާއްޖެއިސްލާމްގެ ފަރާތުން މީގެ ދެތިންދުވަހެއް ކުރިން ވާނީ ރާއްޖޭގައި ފާޅުގައި ކްރިސްޓިއަން ދީން ބަޔަކު ފަތުރަމުންދާވާހަކަ ޝާއިޢުކޮށްފައެވެ. މިބައިމީހުންގެ ފޮޓޯތަކުގެ އިތުރުން ކަމުގެ އިންޓަވިއުވެސްވާނީޝާއިޢު ކޮށްފައެވެ. މިކަން މިސައިޓުގެ ފަރާތުން ވަރަށްރަނގަޅަށް މިދަނީ ފާރަލަމުން ތަހުގީގު ކުރަމުންނެވެ. އެގޮތުން މިހާރުމިވަނީ އެބައިގަނޑު މިތާކުރަމުންދާ ކަންތައްތައް އިތުރަށް ސާފުވެފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުތައް މުގުރައި އެމީހުންހިތުހުރި ގޮތަށް މިބިމުގައި ކްރިސްޓިއަންދީން ފަތުރަމުންދާއިރު ކަމާއިބެހޭ ފަރާތްތައް ކޮބާބާއޭ މިހާހިސާބުން ހިތަށް އަރައެވެ. އިސްލާމްދީން ދިފާޢު ކުރުމަށްޓަކައި ﷲގަންދި ހުވާކޮށްގެން ތިބި ހުރިހައި ބޭފުޅުންތައް ކޮބާހެއްޔެވެ. ﷲގަންދި ހުވާކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެބޭފުޅުންނަށް އެނގިލައްވާތޯއެވެ. ޤައުމުދެކެ ލޯބިވާ ރައީސުލްގުމްހޫރިއްޔާ ކޮބާހެއްޔެވެ. ކެރޭ ވަޒީރުންތައްކޮބާހެއްޔެވެ. ރައްޔިތުންދެކެ ލޯބިވާ "ޢިއްޒަތްތެރި" މެމްބަރުންތައް ކޮބާހެއްޔެވެ. ދީނުގެ ހުންގާނު ކަމަށްވާ އިސްލާމިކް މިނިސްޓްރީ ކޮބާހެއްޔެވެ. ޤައުމަށްޓަކައި ޝަހީދުވުމަށް ތައްޔާރަށް ތިއްބެވި ސިފައިންތައް ކޮބާހެއްޔެވެ. ފުލުހުންތައް ކޮބާހެއްޔެވެ. ޢަދުލުވެރި ކޯޓުތައް ކޮބާހެއްޔެވެ. އިންސާފަށް ލިޔުއްވަމުން ، ކިޔުއްވަމުން ގެންދަވާ މީޑިއާތައް ކޮބާހެއްޔެވެ. ދީނީ ޖަމާޢަތްތައް ކޮބާހެއްޔެވެ. އަހަރެމެން ކޮބާހެއްޔެވެ. ދީން ދިފާޢުކުރާނެކަމަށް އަޑުފުޅު ލައްވާ ޕާޓީތައް ކޮބާހެއްޔެވެ. ދެން އޮތީ އެންމެ ބޮޑު ސުވާލެވެ. މިނިވަންކަން ކޮބާހެއްޔެވެ. އަނެއްކާ މިޤައުމު އެހެންބައެއްގެ އަތްދަށަށް ދިޔައީ ބާއެވެ. މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ. މިސުވާލުތައް ނުއުފެދެންވީ ސަބަބެއްވެސް ނެތެވެ. ވަރަށްމަދު މީޑިއާއަކުން މިވާހަކަ ގެނެސްދެއްވިކަން ފާހަގަ ކުރަމެވެ. ނަމަވެސް ކަމުގެ ހެއްކާއި ޤަރީނާނުލިބެއޭ ކިޔައިގެން އެހެންމީޑިއާތަކުން މިނުރައްކާތެރި ކަންތަކުގެ ވާހަކަ ގެނެސް ފައެއް ނުވެއެވެ. އާދައިގެ މީހެއްގެ ބްލޮގެއްގައި ޖާރިއާއެއް އެބަ ގެންގުޅެޔޭ ލިޔެފައި އޮވެގެން ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން މުޅި ޤައުމުގެ މީޑިއާ އުޅުނުގޮތުން ހީވީ ޤިޔާމަތް ކައިރިވާން އުޅުނުހެންނެވެ. މިސަރުކާރުގައި މުޅިގައުމަށް ދިމާވި އެންމެ ނުރައްކާތެރިމައްސަލަކަމަށްހަދައި ހަމަ ވަގުތުން ވަގުތަށް އެކަމުގެ ހަޤީޤަތް ބަލާ ތަހުގީގުކޮށް ފަހުގެ ރިޕޯޓުވެސްފުލުހުން ހާމަ ކޮށްފިއެވެ. ކަޅުކުލަދެކެ ބިރުގަންނަ އަންހެން ކަނބަލަކުވެސް ކަޅުކުލައިގެ ހެދުމެއް ތުރުކުރައްވައިގެން އެތައްހާސްބައެއްގެ ކުރިމަތީ އެވާހަކަ ވަރަށް ހިތާމައާއެކު ދެއްކެވިއެވެ. ކުޅިބައްލަވަން ތިއްބެވި ހުރިހައި ބޭފުޅުން ރޮއްވާލި ފަދައެވެ. އޭރު މިގައުމުގައި ރަޢީސަކުވެސް ހުއްޓެވެ. ރައްޔިތުންގެ ސަރުކާރެއްވެސް އޮތެވެ. މީޑިއާވެސް ވަރަށް ސާބިތުކަމާއި އެކު އެކަތިގަނޑަކަށްވެގެން އޮތެވެ. ނަމަވެސް ކުއްފާރުންތަކެއް އައިސް ރާއްޖޭގެ ޤާނޫނުތައް މުގުރައި މާލޭގަ އާއި ރާއްޖެތެރޭގެ މީހުންނަށް ކްރިސްޓިއަން ދީން ފާޅުގައި ފަތުރަމުންގެންދާއިރު އެކަމަށް ދޭންޖެހޭ އެއްވެސް ސަމާލުކަމެއް ނުދިން މައްސަލަ ބަލާނެ ބަޔަކު އަދި މިދިވެހި ފަސްގަނޑަށް ﷲއިރާދަކުރެއްވިއްޔާ އަންނާނެކަން ޔަޤީނެވެ. އަދި މިކަމާ ޒިންމާވާންޖެހޭނެ ހުރިހައި ފަރާތްތައް ކޮންމެވެސް ދުވަހަކުން އެމީހުންގެ ކުށުގެ އަދަބު ލިބިގަންނަތަން ދުނިޔޭގައި ތިބިއްޔާ އަހަރެމެންނަށް ﷲއިރާދަކުރެއްވިއްޔާ ފެނިގެންދާނެއެވެ.
އޭ ﷲ..! ކުއްފާރުންގެ ކިބައިންނާއި ކުއްފާރުންނަށް އެހީތެރިވާ އެންމެހައި މުނާފިޤުންނާއި ޚާއިނުންގެ ކިބައިން މިޤައުމު ސަލާމަތް ކޮށްދެއްވާށި...އާމީން.
ނޯޓް: މިއަދުވެސް އަޅުގަނޑުމެން މި ހިމަނާލަނީ އެމީހުންގެ އިތުރު ފޮޓޯތަކަކާއި ތ.ކިނބިދޫގައި ޑޭވިޑު ކިޔާމީހަކު ދިވެހި އަންހެން ކުއްޖަކަށް ކްރިސްޓިއަންދީނަށް ދަޢުވަތު ދިން ގޮތް އެކުއްޖާއާއި އެރަށުމީހަކު ސުވާލުކޮށް އެކުއްޖާ ދޭ ޖަވާބުތަކުގެ ހަތަރު އޯޑިއޯ ފައިލެވެ. މިއޯޑިއޯގައި އެކުއްޖާއަށާއި އެކުއްޖާގެ އާއިލާގެ އެހެންމީހުންނަށް ކްރިސްޓިއަން ދީނުގެ ސީޑީ ދިން ވާހަކައާއި މިދިޔައަހަރު ކްރިސްމަސްގައި ހެޕީކްރިސްމަސްއޭ ކިޔައި ހަދިޔާތައް ދިން ވާހަކަ ކިޔައިދީފައި ވެއެވެ.
ރާއްޖެއިސްލާމް
މި ވެބްސައިޓްގައިވާ ތަކެތި އެއްވެސް އުނި އިތުރު ކުރުމަކާއި ނުލައި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ.